އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް ހަމާސް އިން އެ ޖަމާއަތުގެ ސިޔާސީ ބިއުރޯގެ ވެރިޔާގެ މަގާމަށް ކޮމާންޑަރ ޔަހްޔާ ސިންވާރު ހަމަޖައްސައިފިއެވެ.
އުމުރުން 61 އަހަރުގެ ސިންވާރަކީ އިސްރާއީލުގެ ސަރަހައްދުގެ ތެރޭގައި އޮކްޓޯބަރު ހަތް ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާގެ މޭސްތިރިއެއްގެ ގޮތުގައި އިސްރާއީލުން ދެކޭ ފަހުލަވާނެވެ.
އެހަމަލާތަކާއި ގުޅިގެން އިސްރާއީލުން ޣައްޒާގައި ހިންގި އަސްކަރީ ހަރަކާތުގައި ގާތްގަނޑަކަށް 40،000 ފަލަސްތީނު މީހުން މަރުވެފައި ވެއެވެ. ގާތްގަނޑަކަށް 2.3 މިލިއަން އާބާދީ ގެދޮރު ދޫކޮށްލާފައި ވެއެވެ.


