ފްލެޓްގެ މެއިންޓަނަސް އަށް ދައްކަވަންޖޭހޭ ފައިސާ އިސްލާމިކް މިނިސްޓަރ ޑރ محمد شهيم علي سعيد ނުދައްކަވާ އޮތްކަމަށް ދޭހަވާގޮތަށް ދައުރު ކުރުވަމުން އަންނަ ވާހަކައަކީ ދޮގުވާހަކައެއްކަމަށް ޑރ.ޝަހީމު ޚުލާސާ އަށް ވިދާޅުވެއްޖެއެވެ.
އެވާހަކަ ޑރ. ޝަހީމު ދޮގުކުރައްވާފައި ވަނީ ، ފްލެޓުގެ މެއިންޓަނަސް އަށް އެމަނިކުފާނު ދައްކަވަންޖެހޭ ފައިސާ ނުދައްކަވާ އޮތްކަމަށް ބުނެ ދައުރުކުރަމުން ގެންދާ ޕޯސްޓަރަކީ ތެދެއްތޯ ޚުލާސާ އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
ޑރ. ޝަހީމު ގެ މައްޗަށް މިވާހަކަ ނޫނަސް ދޭތެރެއަކުން ކޮންމެ ވެސް ދޮގު ވާހަކައެއް ސިޔާސީ ވާދަވެރިން ފަތުރާކަން ގިނަބަޔަކު ފާހަގަކުރެއެވެ.
އަދި މިއީ އެމަނިކުފާނު ދީނީކަންކަމަށް ދެއްވާ އަހަމިއްޔަތާއި މެދު ކަންބޮޑުވާ ސެކިއުލަރ ފިކުރުގެ ސިޔާސީ ފަރާތްތަކުން އެމަނިކުފާނާއި ދެކޮޅަށް ހިންގާ އެންޓި ކެމްޕޭނުގެ ބައެއް ގޮތުގައި ގިނަބަޔަކު ދެކެއެވެ.



