
ސްނޫޕް ޑޮގް ލަވަކިޔުން ހުއްޓާލީ އެއް ނޫނެވެ. އެކަމަކު މިހާރު ސްނޫޕް ޑޮގަކީ ހަމައެކަނި ލަވަކިޔުންތެރިއެއް ނޫނެވެ. ސްނޫޕް މިކްސް އެކެވެ.
ޓީމް ޔޫއެސްއޭގެ އެތައް މިލިއަން ސަޕޯޓަރުންނެއް ތިބި ނަމަވެސް ސްނޫޕް ޑޮގް އަކީ އެންމެ ބޮޑު ސަޕޯޓަރު ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. .2024 ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގެ ތެރޭގައި އެނބުރިލާ ކޮންމެ ތަނަކުންވެސް ސްނޫޕް ފެންނަން ހުންނަ ކަމަށް ބުނެ ސޯޝަލްމީޑިއާގައި މީހުން ކޮމެންޓް ކުރަމުން ދެއެވެ.
ރެޕަރު އަދި މީޑިއާ ޕާސަނަލިޓީ ވަނީ ޔޫއެސްއޭ ޓްރެކްސޫޓްތަކުގައި ސެންޓަރ ސްޓޭޖުގައި ހުރެ، ސިމޯން ބައިލްސް އިން ފެށިގެން މާތާ ސްޓިވަޓް އާއި ހަމައަށް ހުރިހާ އެންމެންނާ އެކު ވީޑިއޯ ކޮށްފައި އެ ވީޑީއޯ ތައް ވައިރަލް ކުރުވައެވެ.

މުޅި ގޭމްސްގެ ތެރޭގައި އޭނާ އަންނަނީ ހޯސްޓް ނެޓްވޯކް އެންބީސީއަށް ގަވާއިދުން ރިޕޯޓްތައް ފޯރުކޮށްދެމުންނެވެ. މިއީ ޓޯކިޔޯ ގޭމްސްގައި އޮލިމްޕިކް ކޮރެސްޕޮންޑެންޓެއްގެ ގޮތުގައި ސްނޫޕް ކުޅުނު ބްރޭކްއައުޓް ރޯލަށް ފަހު އޮލިމްޕިކް ސާކިއުޓްގައި މަސައްކަތް ކުރި ދެވަނަ ފަހަރެވެ.
ގްލޯބަލް ސްޓާ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްނޫޕްގެ މިކްސް ސްޓައިލެއް ގެންނާށެވެ.
ހަމަ ޔަގީނުންވެސް އެކަން އޭނާ ވަނީ ފުރިހަމަކޮށްފައެވެ. އުމުރުން 52 އަހަރުގެ ރެޕަރުގެ ޑްރޯލް ކޮމެންޓްރީ އާއި ވަން އޮފް އެ ކައިންޑް ސްނޫޕް-އެނާޖީ އިން އިންޓަނެޓްގައި ވަރަށް ބޮޑަށް ވައިރަލް ވަމުން އަންނައިރު އޭނާގެ އޮލިމްޕިކް ވީޑިއޯތައް ވައިރަލްވާލެއް މާއަވަހެވެ.



