2024 ވަނަ އަހަރުގެ ސަމަރ އޮލިމްޕިކްސް ޕެރިހުގައި ކުރިއަށްދާއިރު، މެޑަލް ގުނުމުގެ ކުރީގައި އޮތީ އެމެރިކާއިން މެޑަލް ގުނުމުގެ ކުރީގައި 86 މެޑަލް ހޯދައިގެން އޮތީ އެމެރިކާއެވެ.
ދެވަނައިގައި އޮތް ޗައިނާއިން ޖުމްލަ 59 މެޑަލް ހޯދާފައިވާއިރު، އޭގެ ތެރޭގައި 22 ރަން މެޑަލް، 21 ރިހި، އަދި 16 ބްރޯންޒް ހިމެނެއެވެ. ގަދަ ތިނެއްގައި އޮސްޓްރޭލިއާ ވަށާލާފައިވަނީ 35 މެޑަލް ހޯދައިގެންނެވެ. އޭގެ ތެރެއިން 14 މެޑަލް އަކީ ރަން މެޑަލް އެވެ.
މުބާރާތް ބާއްވާ ގައުމު ފްރާންސް އިން ވެސް ވަނީ ތައުރީފު ކުރުވަނިވި ކުޅުމެއް ދައްކައި، 48 މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި 13 ރަން މެޑަލް އާއި 16 ރިހި މެޑަލް އަދި 19 ބްރޯންޒް މެޑަލް ހޯދާފައި ވެއެވެ. ފްރާންދްގެ ފަހަތުން ގްރޭޓް ބްރިޓަން އިން ވަނީ 12 ރަން މެޑެލާއެކު ޖުމްލަ 46 މެޑަލް ހޯދާފައެވެ. އޭގެތެރޭޣައި އި 15 ރިހި މެޑަލް އަދި 19 ބްރޯންޒް ހިމެނެއެވެ.
ފާހަގަކޮށްލެވޭ އެހެން ގައުމުތައް:
ދެކުނު ކޮރެއާ: 26 މެޑަލް (11 ރަން، 8 ރިހި، 7 ބްރޯންޒް)
ޖަޕާން: 29 މެޑަލް (11 ރަން، 6 ރިހި، 12 ބްރޯންޒް)
އިޓަލީ: 26 މެޑަލް (9 ރަން، 10 ރިހި، 7 ބްރޯންޒް)
ނެދަލެންޑްސް: 19 މެޑަލް (8 ރަން، 5 ރިހި، 6 ބްރޯންޒް)
ޖަރުމަނުވިލާތް: 17 މެޑަލް (8 ރަން، 5 ރިހި، 4 ބްރޯންޒް)
ކެނެޑާއިން ވެސް ވަނީ 18 މެޑަލް ހޯދައި ވަރުގަދަ ޝޯއެއް ދައްކާފައެވެ. އޭގެ ތެރޭގައި 6 ރަން މެޑަލް، 4 ރިހި، އަދި 8 ބްރޯންޒް ހިމެނެ އެވެ. ކުޑަ ކޮންޓިންޖެންޓެއް އޮތް ނަމަވެސް އަޔަލޭންޑުން ވަނީ 4 ރަން މެޑަލް ހިމެނޭ ގޮތަށް 7 މެޑަލް ހޯދާފައެވެ. މުބާރާތް އަދި އޮތީ ކުރިޔަށެވެ. އެހެންކަމުން މިއަދަދުތައް އިތުރުވާއިރު ދެންވެސް ފެންނާނީ އެމެރިކާގެ މެޑަލްތައް ގިނަވުން ކަމަށް ވެއެވެ.



