އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމުން އިތުރު ވަގުތުގައި ޖަރުމަނު އަތުން 1-0 އިން މޮޅުވެ، ފައިނަލުން ޖާގައެއް ހޯދައިފި އެވެ.
އެޓީމަށް ލަނޑު ޖަހައިދިނީ އިތުރު ވަގުތުގެ ފަސް މިނެޓަށް ވެފައިވަނިކޮށް ފޯވާޑް ސޯފިއާ ސްމިތު އެވެ.
މި މޮޅާއެކު އާ ކޯޗު އެމާ ހޭސްގެ ލީޑަޝިޕްގައި ފްރާންސްގައި ބަލިނުވެ އެމެރިކާ ޓީމު މިހާރު ތައްޔާރުވެފައި އޮތީ އޮލިމްޕިކް އަންހެން ފުޓްބޯޅަ ފައިނަލުގައި ހަ ވަނަ ރަން މެޑަލް ހޯދުމަށެވެ.
އޮލިމްޕިކް ފައިނަލުން އެންމެ ފަހުން ޓީމް ޔޫއެސްއޭ ކުޅުނު މެޗަކީ 2012 ވަނަ އަހަރު ލަންޑަން ގޭމްސްގައި ކުޅުނު މެޗެވެ.
އެމެރިކާ ބައްދަލުކުރާނީ ދުނިޔޭގެ ޗެމްޕިއަން ސްޕެއިން އަތުން 4-2 އިން މޮޅުވި ބްރެޒިލްއާ ދެކޮޅަށެވެ. ރަން މެޑަލް ހޯދަން އުޅޭ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 10 ވާ ހޮނިހިރު ދުވަހު ޕެރިހުގައި ކަމަށްވާއިރު، މިއީ ސްމިތުގެ 24 ވަނަ އުފަންދުވަސްވެސް މެއެވެ. ރިހި މެޑަލް ހޯދުމަށް ޖަރުމަނު ވާދަކުރާނީ އަންނަ ހުކުރު ދުވަހު ލިޔޯންގައި ސްޕެއިންއާ ދެކޮޅަށެވެ.
ސޯފިއާ ސްމިތު ވަނީ މި މުބާރާތުގައި3 ލަނޑު ޖަހާފައެވެ.



