Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަމާޒަކީ ހަނިމާދޫ އެއާޕޯޓު ނޮވެމްބަރުގައި ހުޅުވުން: ރައީސް

އަމާޒަކީ ހަނިމާދޫ އެއާޕޯޓު ނޮވެމްބަރުގައި ހުޅުވުން: ރައީސް

މުހައްމަދު ޖަމްޝަތު
283 ދުވަސް ކުރިން - 25 އޯގަސްޓް 2025 09:31
ހަނިމާދޫ އެއާޕޯޓުގެ ކުރެހުމެއް---
ހަނިމާދޫ އެއާޕޯޓުގެ ކުރެހުމެއް---
ޚުލާސާ

ރައީސް ވިދާޅުވީ، މިފަހަރު ކުރިއަށްގެންދަވާ މަސައްކަތްތަކާއެކު، އެ އެއާޕޯޓު ބައިނަލްއަގުވާމީ ދަތުރުތަކަށް ފުރިހަމައަށް ތައްޔާރު ކުރެވޭނޭކަމަށް

ސަރުކާރުގެ އަމާޒަކީ، ހަނިމާދޫ އެއާޕޯޓުގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްގެންގޮސް، ލަސްވެގެން ނޮވެމްބަރު މަހު، އެ އެއާޕޯޓު ފުރިހަމައަށް ބޭނުންކުރެވޭގޮތަށް ނިންމައި ހުޅުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، ހދ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރޭ ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތްތައް ދިގުލައިގެން ގޮސްފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިފަހަރު ކުރިއަށްގެންދަވާ މަސައްކަތްތަކާއެކު، ހަނިމާދޫ އެއާޕޯތު ބައިނަލްއަގުވާމީ ދަތުރުތަކަށް ފުރިހަމައަށް ތައްޔާރު ކުރެވޭނޭކަމަށެވެ. އެގޮތުން، އެއާޕޯޓުގައި ބޭންކް އޮފް މޯލްޑިވްސްގެ ކައުންޓަރެއް ބަހައްޓައި، ރާއްޖެއިން ބޭރަށް ފުރާ މީހުންނަށް އެއާޕޯޓުން ޑޮލަރު ގަނެވޭނޭ އިންތިޒާމު ހަމަޖައްސައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރަށުގެ ލޯކަލް ޓޫރިޒަމަށްވެސް މަގު ފަހިވާނޭ ބީދައިން، އެއާޕޯޓުން ބޭރުގައިވެސް ޑޮލަރު އޭޓީއެމެއް ބަހައްޓައި ދެއްވާނޭކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ރުފިޔާ އޭޓީއެމްތައްވެސް ހަނިމާދޫގައި ބެހެއްޓުމުގެ ތައްޔާރީތައްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

Advertisement 1

އަދި ހަނިމާދޫ ކައުންސިލުން ޖާގަ ހަމަޖައްސައިދިނުމުން، އެއާޕޯޓު ހުޅުވެން ވާއިރަށް، އެރަށުގައި ޕާސްޕޯޓާއި އައިޑީކާޑު ދޫކުރުމުގެ ހިދުމަތްވެސް ގާއިމުކޮށް ދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ބޯހިޔާވަހިކަމަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، އެރަށުގައި 500 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އަންނަ މަހު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރައްވާނޭ ކަމަށެވެ. އެ މަސައްކަތް ކުރިއަށްގެންދާނީ، ވަކި ސަރަހައްދެއްގައި ހައުސިން ޔުނިޓު އަޅައިދޭ ގޮތަށާއި، ގޯތީގައި ހައުސިން ޔުނިޓު އަޅައިދޭ ގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މީގެއިތުރުން، ހިރިމަރަދޫއިން ހަނިމާދޫއަށް އެއްފަސްވާ އާބާދީއަށް އަމާޒުކޮށްގެން ހިންގާ ހައުސިން މަޝްރޫއު ކުރިއަށްގެންގޮސް، ކޯޓުގައި ހުއްޓިފައި އޮތް ހައުސިން މަޝްރޫއަށް ހުއްދަ ލިބުމާއެކު އެ މަޝްރޫއުވެސް ކުރިއަށްގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އުމްރާނީ މިފަދަ މަޝްރޫއުތަކާ އެކުއެކީ މަގުހެދުމުގެ މަޝްރޫއުތައް ކުރިއަށްގެންދަން ޖެހޭކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، 2026 ގައި ފަށައި 2027 ގައި ނިންމާ ގޮތަށް، ރައްޔިތުން އެދޭ ކޮންސެޕްޓަކަށް، 17 ވަރަކަށް ކިލޯމީޓަރުގެ މަގުހެދުމުގެ މަޝްރޫއެއް ހަނިމާދޫގައި ކުރިއަށްގެންދިއުމަށްވެސް ރާވައިފާ ކަމަށެވެ.

ރޭގެ ޖަލްސާގައި ވަނީ ހަނިމާދޫ ސްކޫލްގެ އާ އިމާރާތް ބިނާކުރުމާއި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ސްކޫލްގެ މަޝްރޫޢު ކުރިއަށްގެންދަވާނީ ހަނިމާދޫ ދަރިވަރުންނާއި، އެއްފަސްކުރުމުގެ ގޮތުން ހަނިމާދޫއަށް ބަދަލުކުރާ ހިރިމަރަދޫ ދަރިވަރުންނަށްވެސް ޖާގަ ލިބޭނޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ރަށުގައި ފުލުހުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތާއި، 30 އެނދުގެ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަސައްކަތް މާދަމާ ރަސްމީކޮށް ފައްޓަވާނޭކަން އެމަނިކުފާނު މިރޭ އިއުލާންކުރެއްވި އެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މިހާރު ހުރި މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ފައްޓަވައި، އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތްދޭން ފައްޓަވައިދެއްވާނޭކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހަނިމާދޫ އަކީ ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައެއް ހިއްސާކުރާ، އަދި ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގައި މުހިންމު ދައުރެއް އަދާކުރާ ރަށެއްކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުރައީސުލްޖުމްހޫރިއްޔާގެ އޮފީސްހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް

Advertisement

Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖޭގެ މާލީ ހާލަތަށް އައި ބަދަލު

ދަރަނީގެ ނުރައްކަލުން އިގްތިސާދީ އިތުބާރަށް - ރާއްޖޭގެ މާލީ ހާލަތަށް އައިބަދަލު

5 ގަޑިއިރު ކުރިން - 07:30

ސަރުކާރުން މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

މިއަހަރު ދެއްކި ދަރަންޏާއެކު އަންނަ އަހަރުގެ ބުރަ ކުޑަވާނެކަމަށް ފިޗުން ބުނެފި

15 ގަޑިއިރު ކުރިން - 20:42

ދަރަނި މެނޭޖުކުރަން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފި

16 ގަޑިއިރު ކުރިން - 20:30

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް

20 ގަޑިއިރު ކުރިން - 15:33

ރައީސް މުއިއްޒު އަނެއްކާވެސް ކުރިއަށް ގޯލެއް: ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި ނިންމާލި ފުރަތަމަ އަހަރަށް 2025 ވެއްޖެ

ވޭތުވެދިޔަ އަހަރުތަކުގައި ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި ނިންމާލެވުނު އަހަރަކީ މިދިޔަ އަހަރު

2 ދުވަސް ކުރިން - 11:11

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

2 ދުވަސް ކުރިން - 13:39