ކުރިއަށް އޮތް އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމުގައި ފަލަސްތީނުގެ މައްސަލަ ހައްލުކުރުމަށް އިސްލާމީ ގައުމުތަކާއެކު ގުޅިގެން ކުރާ މަސައްކަތަށް އިސްކަންދިނުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަލިއަޅުވާލައްވައިފި އެވެ.
ފުރުމުގެ ކުރިން މީޑީއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޒަމީރު ވަނީ ސައުދީ އަރަބިއްޔާގައި އަންނަ ބުދަ ދުވަހު ބާއްވާ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އެޖެންޑާ ހާމަކުރައްވާފައެވެ.
މި ބައްދަލުވުމުގެ މައިގަނޑުގައި އޮންނާނީ އިސްރާއީލުން ފަލަސްތީނުގެ ސަރަހައްދުތަކަށް އަތްގަދަ ކުރުމާއި، އީރާނުގެ އިސްތިގުލާލަށް ދެމުންގެންދާ ހަމަލާތަކާ ގުޅޭ މަޝްވަރާތަކެވެ. މިނިސްޓަރު ޒަމީރު ހާމަކުރެއްވި ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމަށް ކުރާ މަސައްކަތުގައި އިސްލާމީ ގައުމުތައް އެއްބައިވަންތަވުމަށް ދިވެހިރާއްޖެއިން އިލްތިމާސް ކުރާނެ އެވެ.
މަޝްވަރާގެ އަނެއް މުހިންމު ނުކުތާއަކީ ފަލަސްތީނުގެ ދައުލަތް އެހެން ގައުމުތަކުން ބަލައިގަތުމެވެ. ފަލަސްތީނުގެ މައްސަލަ ހަރުދަނާ ކުރުމަށާއި ބައިނަލްއަގްވާމީ އެއްބާރުލުން ކަށަވަރުކޮށްދިނުމުގައި މި ގަބޫލުކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު ޒަމީރު ވާހަކަފުޅު ދައްކަވާނެ ކަމަށް ވިދާޅުވިއެވެ.
ބުދަދުވަހު އޮންނަ އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަންގެ ބައްދަލުވުމަކީ، ފަލަސްޠީނުގެ ބިންތައް ހިފާ، ޢީރާންގެ ސިޔާދަތީ މިނިވަންކަމާއި ދެކޮޅަށް އިސްރާޢީލުން ދެމުގެންދާ ޙަމަލާތަކާ ގުޅޭގޮތުން ބާއްވާ ބައްދަލުވުމެކެވެ.



