މާދަމާ ގާނޫނު އަސާސީއަށް 16 އަހަރު ފުރޭއިރު، މި ޤާނޫނުއަސާސީގެ ދަށުން ދެވަނަ ދައުރަކަށް ހޮވިވަޑައިގަންނާވެ ފުރަތަމަ ރައީސަކަށް ޑރ. މުޙައްމަދު މުޢިއްޒު ވާނެ ކަމާމެދު ޝައްކެއް ނެތްކަމަށް އެމަނިކުފާނުގެ ނައިބު ހުސައިން މުހައްމަދު، ސެމްބެ ވިދާޅުވެއްޖެއެވެ.
ނައިބުރައީސް މިހެން ވިދާޅުވީ ހޯމަދުވަހުގެރޭ ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއަށް ރައްޔިތުން ދެވަނަ ދައުރެއް ދެއްވާނެ ސަބަބުތައްވެސް ވިދާޅުވެފައެވެ. އެއީ ރައީސްގެ އިޚްލާޞްތެރިކަމާއި ވިދާޅުވާ ބަސްތައް ތަންފީޒު ކުރައްވާނެތީއެވެ. އަދި ރައީސްއާއި އެންމެ ގާތުން މަސައްކަތްކުރައްވާ މީހަކީ ތިމަންނާ ކަމަށް ވުމުން މި ހަގީގަތް އިތުރަށް ރައްޔިތުންނަށް އޮޅުންފިލުވައިދެއްވީ ކަމަށް ވިދާޅުވިއެވެ. "ރާއްޖޭގެ ރައީސަކު ހޮވާކަމުގައި ވާނަމަ މިފަހަރު ރައީސް ޑރ.މުހައްމަދު މުއިއްޒު ތިބޭފުޅުން ހޮއްވަވާނެކަމީ އަޅުގަނޑަށް ޝައްކެއް އޮތް ކަމެއް ނޫން. އެ އިޚްލާސްތެރިކަން، ބަސް ބުނުމުގައި ރައްޔިތުންގެ ހިތުގައި އޮތް ޝުއޫރާއި އެއްގޮތަށް ބަސް ބުނަން ދަންނަ އަދި އެބަހުގައި ހިފަހައްޓައިގެން އެބަސް ތަންފީޒު ކުރުމަށްޓަކައި މަސައްކަތްޕުޅު ކުރައްވާ ވެރިއަކަށް ވާތީވެ އެންމެ ގާތުން މަސައްކަތްކުރާ އެކަކަށްވާތީ އަޅުގަނޑަށް އެމަންޒަރު ފެންނާތީ މިވާހަކަ ހިއްސާ ކޮށްލީ ދިވެހިރައްޔިތުންނަށް"
ސެމްބެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެތިއްބެވީ ސަރުކާރާއެކު ކަމަށްވުމުން ގާނޫނު ތަންފީޒުކުރުމުގައި ކެރިގެން ނުކުންނަވާނެއެވެ. އެހެންކަމުން ރައީސްގެ މެނިފެސްޓޯ ތަންފީޒު ނުކުރެވޭނެއޭ ބުނާ މީހުން އެދައްކާ ދޮގު ވާހަކަތަކާއި އުފައްދަން އުޅޭ ޝައްކާއި ވަހުމުތައް އެމަނިކުފާނު ވަނީ ރައްޔިތުންނަށް ސާފުކޮށްދެއްވާފައެވެ.
އެކަމުގެ މިސާލެއްގެ ގޮތުން ނައިބު ރައީސް ނެންގެވީ ކޮންމެ އިންތިހާބަކާއި ދިމާކޮށް ޑރ.މުހައްމަދު މުއިއްޒުއާއި ބެހޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ހަގީގަތާއި ޚިލާފު ވާހަކަތަކެވެ. ނަމަވެސް ރައްޔިތުންނަށް އެމަނިކުފާނުގެ ސިފަތައް އެނގޭތީ އެފަދަ ބުހުތާނު ވާހަކަތަކަށް ރައްޔިތުން ސަމާލުކަން ނުދެއްވައި ރައީސް މުއިއްޒު ހޮއްވަވާކަން ފާހަގަކުރެއްވިއެވެ.
ސެމްބެ ވިދާޅުވީ ރައީސް ޑރ.މުހައްމަދު މުއިއްޒަކީ ވައުދު ފުއްދަވާނެ ރައީސެވެ. ހާލަތާއި ވަގުތަށް ބައްލަވާފަ ރައްޔިތުންނަށްޓަކައި ކޮށްދެއްވަންހުރި ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކޮށްދެއްވާނެ ކަމަށެވެ. ނައިބު ރައީސް ދެއްވީ އެ ޔަގީންކަމެވެ.
"ރައްޔިތުންގެ މަޖިލިސް މެމްބަރުން އެތިއްބެވީ އެމަނިކުފާނުގެ ފަހަތްޕުޅުގަ. ގާނޫނު ތަންފީޒު ކުރުމަށްޓަކައި ކެރިގެން ނުކުމެ ތައްޔާރަށް. އަޅުގަނޑަށް އޮތް ޔަގީންކަމަކީ އެމަނިކުފާނުގެ މެނިފެސްޓޯ އާއެއްކޮށް ތަރުތީބުކުރެވިފައިވާ ކަންތައްތަކަކީ މި ވެރިކަމުގައި ހާސިލް ކުރެވޭނެ ކަންކަން."
ޑރ. މުހައްމަދު މުއިއްޒަކީ ދިވެހި ތާރީހުގައި އެންމެ ގިނަ ގޮނޑި އެއް ޕާޓީއަކަށް ހޯއްދަވައިދެއްވި ރައީސެވެ. އަދި ހާލަތާއި ވަގުތަށް ބައްލަވައި ކޮށްދެއްވަން ޖެހޭ ކޮންމެ ކަމެއް ކޮށްދެއްވާނެ ރައީސެވެ. އައިޖީއެމް ހޮސްޕިޓަލުގައި ކިޔަވަން ތިބި ކުދިން އެތަނުން ނެރެ މަގުމަތިކޮށްލަން އުޅުމުން އެކަންވެސް ހުއްޓުވާލަދެއްވީ ރައީސުލްުޖުމްހޫރިއްޔާ އެވެ. އެހެންކަމުން އެމަނިކުފާނަކީ ރައްޔިތުންގެ ހައްގުގައި ހާލަތާއި ވަގުތަށް ބައްލަވާފަ ކުރައްވަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ، ނަތީޖާ ނެރެދެއްވާނެ އަދި ވަޢުދު ފުއްދަވައިދެއްވާނެ ރައީސެއްކަން ނައިބުރައީސް ވަނީ ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވާފައެވެ.
މިސަރުކާރަށް މިވަގުތު ހުރި ހުރަސްތަކަށް އިޝާރާތް ކުރައްވައި ނައިބުރައީސް ވިދާޅުވީ "މާލީ ދަތިތަކުގެ ވާހަކަ. މުއައްސަސާތަކުގެ ދޯހަޅި ވާހަކަ. ޤާނޫނީ ބާރުވެރިކަން ނެތް ވާހަކަ. މިއީ އަޅުގަނޑުމެން ދައްކަން ހުރި ވާހަކަ." އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޒަޢާމަތުގައި އެމަނިކުފާޏު ތަފާތު ދައްކަވާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"ރައްޔިތުން ނުކުމެ އެމަނިކުފާނު ދެވަނަ ދައުރަކަށް ފުރަތަމަ ފަހަރު ރާއްޖޭގެ ރައީސަކު ހޮވާކަމުގައި ވާނަމަ މިފަހަރު ރައީސް ޑރ.މުހައްމަދު މުއިއްޒު ތިބޭފުޅުން ހޮއްވަވާނެކަމީ އަޅުގަނޑަށް ޝައްކެއް އޮތް ކަމެއް ނޫން. އެ އިޚްލާސްތެރިކަން، ބަސް ބުނުމުގައި ރައްޔިތުންގެ ހިތުގައި އޮތް ޝުއޫރާއި އެއްގޮތަށް ބަސް ބުނަން ދަންނަ އަދި އެބަހުގައި ހިފަހައްޓައިގެން އެބަސް ތަންފީޒު ކުރުމަށްޓަކައި މަސައްކަތްޕުޅު ކުރައްވާ ވެރިއަކަށް ވާތީވެ އެންމެ ގާތުން މަސައްކަތްކުރާ އެކަކަށްވާތީ އަޅުގަނޑަށް އެމަންޒަރު ފެންނާތީ މިވާހަކަ ހިއްސާ ކޮށްލީ ދިވެހިރައްޔިތުންނަށް" ނައިބުރައީސް ވިދާޅުވިއެވެ.



