ގައްޒާގައި ނަސްލު ނައްތާލުމަށް ކުރަމުންދާ ހަނގުރާމައިގައި 40 ހާހާއި ގާތަށް މުސްލިމުން ޝަހީދު ކޮށްލާފައިވާ ދަނޑިވަޅުގައި ފަލަސްތީނު މީހަކު އިޒްރޭލުގެ ދެމީހަކަށް ވަޅިން ހަމަލާ ދީފިއެވެ.
މި ހާދިސާ ހިނގީ އިޒްރޭލުގެ ވެރިރަށް ތެލްއަވީވް ގައެވެ. މުޖާހިދު ހަމަލާ ދިނުމިގެ ސަބަބުން ހާލު ދެރަވި ޔަހޫދީ ދެމީހުންނަށް މިހާތު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ޔަހޫދީ ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ވަޅި ޖެހި ފަލަސްތީނު މީހާގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލާފައިވާ ކަމަށެވެ.
އިޒްރޭލުގެ ޔަހޫދީން ފަލަސްތީނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި އެތައް ކުޑަކުދިންނާއި އަންހެނުންނެއް ޝަހީދު ކޮށްލާފައިވާކަންވެސް ފާހަގަ ކުރެވެއެވެ.



