ރައްޔިތުންގެ މެދުގައި މުޅިން އިތުބާރު ގެއްލިފައިވާ ޝަރުޢީ ދާއިރާގެ އޮނިގަނޑު އިޞްލާޙުކޮށް ހަމަޔަކަށް އަޅުވަން ޖެހޭ ކަމުގައި ރައްޔިތުންގެ مجلسގެ ނައިބު ރައީސް އޮނަރަބަލް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ޚުލާސާގެ އަލީ އާދަމް އިއްޔެ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ ރައްޔިތުންގެ އިތުބާރު ލިބޭ ތަނަކަށް ޝަރުއީ ދާއިރާ ވާން ޖެހޭ ކަމަށާ ، އެދާއިރާގައި ހުރި ހައްލު ކުރަންޖެހޭ ގިނަގުނަ ކަންތައްތައް ހަމަޔަކަށް އެޅުވުމަށް ގާނޫނީ އޮނިގަނޑުގެ ތެރެއިން ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.
ޝަރީޢަތުގައި މައްސަލަތައް ނުނިމި ފުނިޖެހިފައިވާއިރު، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ އެކަމުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލިގެންދާތީވެ އެމައްސަލަތައް ހައްލު ކުރެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މިއީ سياسي އަދި ޒާތީ އެކިއެކި ސަބަބުތައް އިސްކޮށް އޭރު އެމްޑީޕީ ސަރުކާރުގެ ސިޔާސީ އެކްޓިވިސްޓުންގެ މެޖޯރިޓީ އޮތް JSC ނަހަމަ ގޮތުގައި ބޭނުންކޮށް އެމްޑީޕީ ގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިސް މެދުވެރިކޮށް އެކި ގޮތްގޮތަށް JSC އިން އަނިޔާ ދީފައިވާ ފަނޑިޔާރުންނަށާއި އެބޭބޭފުޅުންގެ ޢާއިލާގެ މެންބަރުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް އަދި ތަސައްލީއެއް ލިބޭނެ ވާހަކަ ފުޅެކެވެ.
އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ވެސް އެންމެ ބޮޑަށް ނުފޫޛު ފޯރުވި ދާއިރާއަކީ ޝަރްޢީދާއިރާއެވެ. ޝަރްޢީ ދާއިރާގެ ހިންގުމުގެ ނިޒާމު ވަނީ ޤާނޫނު އެއްފަރާތްކޮށް އެމްޑީޕީގެ ސެކިއުލަރ ސިޔާސަތުގެ މައްޗަށް ލިޔެފައިވާ އުޞޫލުތަކެއް ތަންފީޛު ކުރަން ކުރި މަސައްކަތުން އޮޅުން ބޮޅުންކޮށް ހެޔޮވެރިކަމެއް ކުރެއްވުމަށް ޑރ. މުޢިއްޒުއަށް ދަތިވާ ވަރުކޮށްފައިކަން ފާހަގަކުރެވެއެވެ.
އަދި މަތީ މަރުޙަލާގެ ދެކޯޓަށް ފަނޑިޔާރުން އައްޔަންކުރުމުގައި ވެސް ގިނަ އިޖުރާޢާތްތަކާ ޚިލާފު ވެފައިވާ ކަން ފާހަގަ ކުރެވެއެވެ.
އެހެންކަމުން ފަނޑިޔާރުގެ އިޞްލާޙް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި އެމަޖިލީހުގެ ނައިބު ރައީސްގެ މި ވަޢުދުފުޅަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މިވަގުތު ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތް ކަމުގައިވެސް ފާހަގަ ކުރެވެއެވެ.



