އިރާގުގެ ޔުނިވާސިޓީ ޕްރޮފެސަރެއް އަދި މޫސުލްގެ ރައްޔިތެއް ކަމަށްވާ ބިލާލް ދާއޫދު އަލް ސަބާވީ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ ފުރާނައަށް ރަހުމަތް ލެއްވުމަށް އެދި ދުއާކޮށް އުމްރާ ކުރާ މަންޒަރު ފެންނަ ތަސްވީރެއް ޕޯސްޓްކުރި ކަމަށް ބުނެ ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން އޭނާ ހައްޔަރުކޮށްފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އަލްސަބާވީ ހައްޔަރުކޮށްފައި ވަނީ އޭނާ ބޭނުންކުރި ތަސްވީރަކީ ހާއްސަކޮށް އެމެރިކާ އާއި އެމެރިކާ އާއި ގުޅުން ހުރި ބައެއް ގައުމުތަކުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ގިންތިކުރާ ހަމާސްއާ ގުޅުން ހުރި ތަސްވީރެއް ކަމަށް ބެލެވޭތީއެވެ.
އަލްސަބާވީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ވަކި ތަފްސީލެއް އަދި ސާފު ނުވި ނަމަވެސް އޭނާ ހައްޔަރުކުރުމުން ފާހަގަކުރެވެނީ ސައުދީ އަރަބިއްޔާއަކީ އެގައުމުގެ ސިޔާސަތުތަކާ ނުވަތަ އެކުވެރި ގައުމުތަކުގެ ސިޔާސަތުތަކާ ދެކޮޅު ޖަމާޢަތްތަކަށް ނުވަތަ ލީޑަރުންގެ ގޮތުގައި ދެކޭ ފަރުދުންނާ ދެކޮޅަށް ވަރުގަދަ ސްޓޭންޑެއް ނަގާކަމެވެ.


