އިސްރާއީލް ނައްތާލުމަށް އެގައުމާ ދެކޮޅަށް 7 ފަރާތަކުން ހަނގުރާމަ ކުރަމުން ދާކަމަށް އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
އޭނާ ބުނީ އެގައުމު ނައްތާލުމަށް އަޑީގައި އޮތީ އީރާނެވެ. "ތެހެރާނުން އަޅުގަނޑުމެންނާ ހަނގުރާމަ ކުރަނީ ހަތް ފަރާތަކުން، ހަމާސް، ހިޒްބުالله، ހޫތީ، އިރާގާއި ސީރިއާގައި ހަތިޔާރު އެޅި ޖަމާއަތްތަކާއި، ހުޅަނގު އައްސޭރިއަކީ އެމީހުންގެ އެޖެންޓުން" އީރާން ވެސް އެބައޮތް ކަމަށް ބުނެ ނަތަންޔާހޫ ބުނި ކަމަށް އިސްރާއީލް ހަބަރުތައް ބުނެއެވެ.
މިފަހުން އެމެރިކާއަށް ކުރި ދަތުރުހައިވެސް ހަމަ މި މޭރުމުން ނަތަންޔާހޫ ވަނީ ވާހަކަ ދައްކާފައެވެ.
ފަހަކަށް އައިސް އީރާނުގެ ޕްރޮކްސީ ހިޒްބުالله އާއި އިސްރާއީލުން ވަނީ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ދޭ ހަމަލާތައް އިތުރުކޮށްފައެވެ.
އިސްރާއީލާއި ޔަމަނުގެ ހޫޘީންނާ ދެމެދު ވެސް ވަނީ ހަމަނުޖެހުންތައް އިތުރުވެފައެވެ. މިދިޔަ ހަފްތާގައި ހޫޘީން ޓެލްއަވީވަށް ދިން ހަމަލާގައި އެކަކު މަރުވެ ދިހަ މީހަކު ޒަޚަމްވެފައިވެއެވެ.
އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު އިސްރާއީލުން ވަނީ ސީރިއާގެ ދިމިޝްގުގައި ހުންނަ އީރާނުގެ ޑިޕްލޮމެޓުންގެ ގެކޮޅަށް ކުއްލި ހަމަލާއެއް ދީފަ އެވެ. މިހަމަލާގައި އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ އިސް އޮފިސަރުންތަކެއް މަރުވިއެވެ. އޭގެ ދެ ހަފްތާ ފަހުން އީރާނުން ބަދަލު ހިފުމުގެ ގޮތުން އިސްރާއީލުގެ ބޯޓެއް އަތުލައިގަނެ، އިސްރާއީލުގެ ބިމަށް މިސައިލް އަދި ޑްރޯން ހަމަލާތައް ދިންކަން ފާހަގަ ކުރެވެއެވެ.



