20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން އިއްޔެ ބޭއްވުނު އިންތިޚާބުގެ ބަލި ޤަބޫލުކޮށް ހޯދި ފަހުރުވެރި ކާމިޔާބަށް ޕީއެންސީއަށް މަރުހަބާ ދަންނަވާ ކަމުގައި އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.އިއްޔެގެ އިިންތިޚާބަށްފަހު އެކުސްގައި ފައްޔާޒު ކުރެއްވި ޕޯސްޓެއްގައިވިދާޅުވީ މިނަތީޖާއަކީ މާޔޫސްކުރުވަނިވި ނަތީޖާއެއްކަމަށާއި ނަމަވެސް މިއީ ވައުދުތައް ކަށަވަރުކޮށް، މުޖުތަމައުއާ މިހާރަށް ވުރެ ގާތުން މަސައްކަތްކުރަން ޖެހޭ ދަނޑިވަޅެއް ކަމަށާއި، ޑިމޮކްރެޓިކް އަސާސްތައް ކުރިއެރުވުމަށާއި ޒިންމާދާރު އިދިކޮޅު ފަރާތެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން މަސައްކަތް ކުރަން ތައްޔާރަށް އޮތް ކަމަށެވެ.މަޖިލިސް އިންތިހާބުގައި ވި ބައްޔާ އެކުގައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެ ޕާޓީ ދެމިއޮންނާނެ ކަމަށެވެ. އެ ޕާޓީން އެދެނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި, ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް އަދި ރާއްޖޭގެ ތަރައްގީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ މަޖިލީހަކަށް ވުން ކަމަށް އެ ބަޔާނުގައިވެއެވެ.