ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ކޮންޓުރޯލް ކުރުމަށްޓަކައި ސިފައިންގެ ވެރިޔާ އެފަރާތްތަކާއި ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ހަބަރުތައް ބުނާ ގޮތުގައި ވަރަށް އަވަހަށް ސިފައިންގެ ވެރިޔާ ދަރިވަރުންނާއި ޓީޗަރުންގެ މަންދޫބުންނާއި މަޝްވަރާ ކުރައްވާނެއެވެ.
ބޮޑުވަޒީރު ހަސީނާ މިއަދު އިސްތިއުފާ ދެއްވައި ހެލިކޮޕްޓަރެއްގައި އިންޑިއާއަށް ވަޑައިގެންނެވިކަމަށް ޚަބަރުތައް ބުނާއިރު، އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ގިނަބަޔަކު އެއްވެ އެގެއަށް ގެއްލުންވެސް ދީފިއެވެ. އަނެއްކޮޅުން ޕާލަމެންޓު ގޭތެރެއަށް ވަދެ ތަކެއްޗަށް ގެއްލުންދީ ހަދައިފިއެވެ. މީގެ އިތުރުން ޝާހު ޖަލާލް އިންޓަނޭޝަނަލް އެއާޕޯޓުވެސް ވަނީ 6 ގަޑިއިރަށް ބަންދުކޮށްފައެވެ. އިތުރު ހަމަމުޖެހުންތަަކަށް ބަލާއިރު ގިނަ އަދަދެއްގެ ތަންތަނުގައި އަލިފާން ރޯކޮށް ހުޅު ޖަހަމުން އެބަ ދެއެވެ. އެގޮތުން އަމަވީ ލީގުގެ ޑާކާ އޮފީހުގައިވެސް މުޒާހަރާގެ ބައިވެރިން ވަނީ އަލިފާން ރޯކޮށްފައެވެ.
އެހެންކަމުން ހަޅުތާލުތައް ހުއްޓުވުމަށްޓަކައި ސިފައިންގެ ލަޝްކަރުން އެހަޅުތާލުތައް އިންތިޒާމްކުރި ފަރާތާއި ބައްދަލުކުރުމަށް ނިންމާފައިވާކަމާށް މައުލޫމާތު ލިބެއެވެ.
ޝައިޚް ހަސީނާ ވަޑައިގެންނެވީ ދޮށީ ކޮއްކޮ ޝެއިޚް ރެހެނާވެސް ގޮވައިގެންނެވެ. ހެލިކޮޕަޓަރު ޖައްސާފައިވަނީ ނިއުދިއްލީގެ ޣާޒިއާބާދުގައި ހުންނަ ސިފައިންގެ ހިންދޫ އެއާބޭސްއަށެވެ. އެތަނުން އޭނާ ދެން ވަޑައިގަންނަވާނީ ލަންޑަނަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.



