ރެއިން ފެށިގެން ކަނޑުމަތީގެ 6 ހާދިސާއެއް ހިނގައި މިވަގުތު އޭގެތެރެއިން 3 ހާދިސާއަކާއި ގުޅިގެން ކޯސްޓުގާޑުން އެހީތެރިކަން ފޯރުކޮށްދެމުން އެބަގެންދެއެވެ.
ކޯސްޓުގާޑުން ބުނީ އޭގެތެރެއިން 80 ފޫޓްގެ ފާގަަތި ނަމަކަށް ކިޔާ ދޯންޏެއް ދިޔަވެ އަޑިއަށް ދާކަމުގެ ރިޕޯޓް ލިބުމުން ކޯސްތުގާޑުން އެޓެންޑްވިކަމަށާ އެދޯނީގައި ހުރި ފަޅުވެރިޔަކަށް އަނިޔާވެގެން ފަރުވާ ދިނުމަށް ފ.ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސްދިން ކަމަށެވެ.
މިހާދިސާ ތަކުގެ އިތުރު ތަފްސީލުތަކެއް ކޯސްޓުގާޑުން ހާމައެއް ނުކުރެއެވެ
ރާއްޖޭގެ ކަނޑުތައް އިއްޔެއިއްސުރެ ގަދައެވެ. ވިލާގަނޑުގައި 40 މޭލަށް ވައި ގަދައެވެ. އެހެންކަމުން ރައްކާތެރިވުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދެ ދެއްވައެވެ.



