މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މަޢުމޫނު ފިލައިގެން ގައުމުން ބޭރުގައި 5 އަހަރު ވަންދެން އުޅުމަށްފަހު ރާއްޖެ އައިތަނާ ޕާސްޕޯޓް ހިފަހައްޓައި "ޕާކްކޮށްފައި އޮތް" މަނީ ލޯންޑްރިން މައްސަލައެއްގެ ތަހުގީގު ފަށައިފި އެވެ.
މަޢުމޫނުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވީ މިއަހަރު ޖެނުއަރީގައެވެ. އޭނާގެ މައްޗަށް 7 ދަޢުވާއެއް ކުރުމަށް އެދިފައިވާއިރު، 3.1 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ނަގާފައިވާކަމަށް ތުހުމަތުކުރެވެއެވެ.


