ދުނިޔޭގެ އިސްލާމީ ވަޒީރުންގެ 9ވަނަ ޖަލްސާގައި ރާއްޖެއިން ރިޔާސަތު ބަލަހައްޓައިފިއެވެ.
ރާއްޖޭގެ ފަރާތުން މިހާރު މައކާގައި ކުރިޔަށްދާ އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ 9 ވަނަ ޖަލްސާގެ 5 ވަނަ ސެޝަންގެ ރިޔާސަތު ބެލެހެއްޓީ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.ޝަހީމް ރިޔާސަތު ބެލެހެއްޓެވިއިރު، މި ސެޝަންގެ ޝިޢާރަކީ 'މުސްލިމުން ގިނަ ޤައުމުތަކުގައި ރައްޔިތުކަން ކުރިއެރުވުމާއި އިސްލާމީ މުޖުތަމަޢުތަކުގެ އިސްތިޤްރާރަށް އޭގެ ސަބަބުން ކުރާ އަސަރު' އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވަނީ ސަޢޫދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ފަޟީލަތުއްޝައިޚު ޑރ. ޢަބްދުއްލަޠީފު އާލުއްޝައިޚް އާއި ބައްދަލު ކުރައްވައި ދެގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވާފައެވެ.
ސައޫދީ އަރަބިއްޔާ އަކީ ދީނީ ރޮނގުން ރާއްޖެއަށް ގިނަގުނަ އެހީތަކެއްވާ ގައުމެކެވެ.



