ރާއްޖޭގެ އިސްލާމީ މަރުކަޒުގައި ހުތުބާއެއް ދެއްވުމަށް ފަލަސްތީނުގެ އިސްލާމިކް މިނިސްޓަރ މުހައްމަދު މުސްތަފާ ނަޖުމު އަށް ދައުވަތު އަރުވައިފިއެވެ.
އެމަނިކުފާނަށް ރާއްޖެ ވަޑައިގެން ހުތުބާއެއް ވިދާޅުވުމަށް ދައުވަތު ދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދެވެ.
ސައޫދީ އަރަބިއްޔާގެ މައްކާގައި މިހާރު ކުރިޔަށްދާ އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާތަކުގެ ވަޒީރުންގެ ބައްދަލުވުމުގައި ޑރ.މުޙައްމަދު ޝަހީމް ވަނީ ފަލަސްތީނުގެ މިނިސްޓަރާއި ބައްދަލުކުރައްވައި ރާއްޖެއާއި ފަލަސްތީނާއި ދެމެދު އޮންނަ ޒަމާންވީ އެއްބަނޑުއެއްބަފާ ކަމުގެ ގުޅުމާއި ބެހޭގޮތުން ވާހަކަ ދައްކައި، މިހާރު ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫތަކާއިމެދު ހިތާމަ ކުރައްވައި ހިތްވަރު ދެއްވާފައެވެ.
ޝަހީމް ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް ފަލަސްތީނު ސަރުކާރާއެކު ދެމިތިބޭނެ އެއްބަނޑުއެއްބަފާ ބައެކެވެ.



