ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭގައި ޑރ. މަރްޔަމް ޒުލްފާ އަދާކުރެއްވި ސީއީއޯގެ މަޤާމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ނިމާލް އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
ނިމާލް އަކީ 2012 ވަނަ އަހަރު ސަރުކާރުން އުފެއްދެވި ފެނަކަ ކޯޕަރޭޝަންގެ އެންމެ ފުރަތަމަ މެނޭޖިންގ ޑިރެކްޓަރެވެ. އެހެންނަމަވެސް 2013 ވަނަ އަހަރު އޭރުގެ ސަރުކާރުން އެނާ އެމަޤާމުން ވަކިކުރައްވާފައިވެއެވެ. ނަމަވެސް، ރައީސް ޢަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު އަނެއްކާވެސް ފެނަކައިގެ އެމްޑީކަމުގެ މަޤާމަށް މުޙައްމަދު ނިމާލު ޢައްޔަންކުރެއްވިކަން ފާހަގަ ކުރެވެއެވެ.
ނިމާލްއާއި އެލްޖީއޭ ޙަވާލުކުރާއިރު، އިއްޔެ އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. މަރްޔަމް ޒުލްފާ އެ މަގާމުން ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ވަނީ އައްޔަން ކުރައްވާފައެވެ.


