އަމިއްލައަށް އުފެއްދި އާދައިގެ މިސައިލެއް ބޭނުންކޮށްގެން ޔަމަނުން އެމެރިކާގެ އެމްކިޔު-9 ރީޕާ ޑްރޯނެއް ކާމިޔާބުކަމާއެކު ވައްޓާލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާތަކަށް ބޭނުންކުރާ ތަޖުރިބާކާރު އަންމެނޭޑް އެރިއަލް ވެހިކަލް (ޔޫއޭވީ) އެމްކިއު-9 ރީޕާ އާއި ޔަމަނުގެ ހަނގުރާމަވެރިން ވައްޓާލިއިރު އެމީހުން އަމިއްލައަށް އުފެއްދި ލޯކަލް މެއިޑް މިސައިލް ވައިގެ ތެރޭގައި ޑްރޯންގައި ޖެހި ޑްރޯން ހަލާކުވެގެން ދިޔަ އެވެ.

ޔަމަނުގެ ހޫޘީ ހަނގުރާމަވެރިންނާއި ދެކޮޅަށް އެމެރިކާއާއި ނޭޓޯއިން ދަނީ ދޭތެރެ ދޭތެރެއިން ހަމަލާތައް ދެމުންނެވެ. ހޫޘީންގެ ބާރު ކަނޑުވާލަން އެމެރިކާ އާއި ހުޅަނގުން މަސައްކަތްކުރަނީ ޣައްޒާ ހަނގުރާމައާއި ގުޅިގެން އެކަމުގައި އިޒްރޭލަށް އެހީވާ ފަރާތްތަކަށާއި އަދި އިޒްރޭލުގެ އުޅަނދުތަކަށް ކަނޑުމަގުން ޖެއްސުންކޮށް ހަމަލާތައް ދެމުންދާތީއެވެ.