ހައުސިން ޔުނިޓްތަކަށް ގަވާއިދުން ފައިސާ ނުދައްކާ ފަރުދުންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް، އެންޑް ސްޓްރަކްޗަރަލް ޑިވެލޮޕްމަންޓުން އިއުލާންކޮށްފި އެވެ. މި ފިޔަވަޅަކީ ރައީސް ޑރ.މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި، ބޯހިޔާވަހިކަމުގެ ބުރަތައް ލުއިކޮށްދިނުމަށް އެމަނިކުފާނު ރިޔާސީ ވައުދުވުމާ އެއްގޮތަށް، ކުލި ކުޑަކުރުމުންވެސް ކުލި ނުދައްކާ ފަރާތްތަކާމެދު އަމަލުކޮުރުމަށް މިނިސްޓްރީން ނިންމި ނިންމުމެކެވެ.
މި ސިޔާސަތުގެ ތެރެއިން ސަރުކާރުން ވަނީ އެސްޓިމޭޓެޑް މަންތްލީ އިންސްޓޯލްމަންޓް (އީއެމްއައި) ގެ %20 މައާފުކޮށްފައެވެ. މި ލުއި ދިން ނަމަވެސް، މިއަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅުއްސުރެ ގިނަ ރައްޔިތުން ހައުސިން ޔުނިޓްތަކަށް ފައިސާ ނުދައްކާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
މިނިސްޓްރީން ވަނީ ވަގުތުން ފައިސާ ދެއްކުމުގެ މުހިންމުކަމަށް އަލިއަޅުވާލާ ހުރިހާ ފަރާތްތަކުންވެސް ދައްކަންޖެހޭ ފައިސާ އަވަހަށް ހަމަޖެއްސުމަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ހައުސިން ޔުނިޓްތައް ނުބައިކޮށް ބޭނުންކުރުމާއި، ހުއްދަ ނެތި ބަދަލު ގެނައުމާއި، ގަވާއިދާ ހިލާފަށް ސަބްލެޓް ކުރުމާއި، ޔުނިޓްތަކުގެ ކަނޑައެޅިފައިވާ މަގުސަދުތަކަށް އަމަލު ނުކުރުން ފަދަ ބައެއް މައްސަލަތައް މިނިސްޓްރީން ދަނީ ހައްލު ކުރަމުންނެވެ.
"އެއްބަސްވުމުގައި ތަބާނުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ،" މިނިސްޓްރީން އިންޒާރު ދެއްވި އެވެ.



