ޕެރިހުގައި ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި އޮސްޓްރޭލިއާގެ ރަން މެޑަލް ތަކުގެ މައްޗަށް ކުރި ހޯދައިގެން ދުނިޔޭގެ އެންމެ މޮޅު ފެތުންތެރި ގައުމަށް އަލުން އެމެރިކާ ވެއްޖެއެވެ.
މިއީ ފެތުމުގައި އަބަދުވެސް ވާދަވެރި ދެގައުމެވެ. މިދިޔަ އަހަރު އެމެރިކާއަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރަށް އޮސްޓްރޭލިއާއިން ރަން މެޑަލް ހޯދިއެވެ. އެއީ 2023 ވަނަ އަހަރުގެ ވޯލްޑް އެކްވަޓިކްސް ޗެމްޕިއަންޝިޕްގައެވެ. އެފަހަރު އޮސްޓްރޭލިއާ އިން 13 ރަން މެޑަލް ހޯދިއިރު އެމެރިކާއަށް ލިބުނީ 7 ރަން މެޑެލެވެ.
ނަމަވެސް މިފަހަރުގެ އޮލިމްޕިކްގައި އޮސްޓްރޭލިއާގެ މައްޗަށް އެމެރިކާއިން މިހާރު ކުރި ހޯދާފައިވަނީ 8-7 ރަން މެޑަލް ހޯދައިގެންނެވެ.


