ޑަބްލިއުއެޗްއޯ އިން ޣައްޒާއަށް އެއް މިލިއަނަށް ވުރެ ގިނަ ޕޯލިއޯ ވެކްސިން ފޮނުވަން ނިންމައިފި އެވެ.
މި ވެކްސިން ފޮނުވަން ނިންމީ ގައްޒާގެ ނަރުދަމާ ސާމްޕަލް ތަކުން ޕޯލިއޯ ވައިރަސް ޓައިޕް 2 ފެނިފައި ވާތީ ކުޑަކުދިން ރައްކާތެރި ކުރުމަށް ކަމަށް އެޖަމިއްޔާއިން ބުންޏެވެ.
ނަރުދަމާއިން ވައިރަސް ފެނުމަކީ އާންމު ސިއްހަތަށް ނުރައްކާވެދާނެ ކަމުގެ ސިގްނަލެއް ކަމަށާ ބަލި ފެތުރުން ހުއްޓުވުމަށް އަވަހަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ޑަބްލިޔޫއެޗްއޯ އިން ބުނެއެެވެ.
މި ވެކްސިންތައް ބެހުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ކުޑަކުދިންނަށް ޕޯލިއޯ އިން އެކަށީގެންވާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް ވާއިރު އެތާގެ ކުޑަކުދިންނަށް ހައްދުފަހަނައެޅި ޔަހޫދީންގެ ފަރާތުން އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނެތްކަމަށް ގައްޒާ ހެލްތު ފެސިލިޓީން ބުނެއެެވެ.



