އެލްޖީއޭގެ ސީއީއޯގެ މަގާމުގައި ހުންނެވި ޑރ. މަރްޔަމް ޒުލްފާ އެ މަގާމުން ވަކިކޮށް، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ޒުލްފާގެ މަގާމު ބަދަލުކުރި ސަބަބެއް ސަރުކާރުން ހާމައެއްނުކުރެ އެވެ. އަދި އެ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށް ޒުލްފާ ވިދާޅުވި އެވެ.
އެލްޖީއޭގެ ސީއީއޯގެ މަގާމަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެއް ނޫނެވެ. ޒުލްފާއާ އެކު ފޮރިން މިނިސްޓްރީގައި މިހާރު ހަ ބޭފުޅުންނަށް ވުރެ ގިނަ ސްޓޭޓް މިނިސްޓަރުން ތިއްބަވާނެ އެވެ.


