ވިހިވަނަ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވަން މިއަދު ބޭއްވި އިންތިޚާބުގައި ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާފާވާއިރުގިނަ ދާއިރާތަކެއް ކާމިޔާބުކޮށް ޕީއެންސީއިން މަޖިލީހުގެ މެޖޯރިޓީ ހޯދައިފިއެވެޖުމުލަ 90 ދާއިރާއަކަށް ޕީއެންސީގެ ކެންޑިޑޭޓުން ވާދަކުރީއިރު، އިދިކޮޅު އެމްޑީޕީން ވާދަކޮށްފައިވަނީ 89 ދާއިރާއަކަށެވެ. އަދި، އަމިއްލަ 130 ކެންޑިޑޭޓުންނާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ 10 ކެންޑިޑޭޓުންނާއި ދަ ޑިމޮކްރެޓްސްގެ 39 ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރިއެވެ.ޕީއެންސީއިން މިހާތަނަށް ޔަޤީންކޮށްފައިވާ ގޮނޑިތަކުގެ ތެރޭގައި މީގެކުރިން އަބަދުވެސް އެމްޕީޑީޕީން ހިފަހައްޓަމުން އައި ގޮޑިތައް ހިމެނެއެވެ. މީގެތެރެއިންވެސް ޚާއްސަކޮށް އައްޑޫ ސިޓީއިން ކާމިޔާބުކުރި ގޮނޑިތައް ފާހަގަކޮށްލަން ޖެހެއެވެ.