ސައުތު އޭޝިއަން އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ ސެކްރެޓަރީ ޖެނެރަލް، އެމް.ޑީ. ގޮލަމް ސަރުވާރު މިއަދު ދިވެހިރާއްޖެއަށް ވަޑައިގެންފިއެވެ.
މިއީ މަޤާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ތައާރަފް ވުމުގެ ގޮތުން ރާއްޖެ ވަޑައިގެންނެވި ދަތުރުފުޅެކެވެ.
އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑ.ރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. މީގެ އިތުރުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް، މޫސާ ޒަމީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމުގެ އިތުރުން ފޮރިން ސެކްރެޓަރީ ފާޠުމަތު އިނާޔާ އާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ
މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު މަގާމާއި ހަވާލުވެ ރާއްޖެއަށް އައި ރަސްމީ އަލަތު ދަތުރުފުޅުގައި އެމަނިކުފާނާ އެކު އަނބިކަނބަލުން ތަސްލީމާ ސަރުވާރު އަދި ސާކް ސެކްރެޓޭރިއެޓް ޑިރެކްޓަރ، ޝާހިޔާ އަލީމަނިކުގެ އިތުރުނ ބަވެޝް ރ. ޓްރިވެޑީ ބައިވެރިވަޑައިގަންނަވައެވެ.
ދަތުރުފުޅު ނިންމެވުމަށްފަހު އެމަނިކުފާނު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ 8 އޮގަސްޓް ގައެވެ.



