ނ. އަތޮޅުގައި ފުލުހެއްގެ ސައިކަލަށް ގެއްލުންދީ އިތުރު ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މައްސަލައިގައި ހައްޔަރުކުރި ދެމީހުންނަކީވެސް އުމުރުން 33 އަހަރުގެ މީހުންނެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ނ.ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުންނާއި، އެ ފުލުހުންގެ އާއިލާ ތަކާއި މުދަލަށް ގެއްލުންދޭނެކަމަށް ބުނެ އިންޒާރުދީ އަދި ފުލުހެއްގެ ސައިކަލަށް ގެއްލުންދީ، އިތުރު ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 33 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ.


