އިޒްރޭލުން ސިލްސިލާކޮށް ހިންގާ ޓެރަރިޒަމުގެ ޖަރީމާތަކަށް ބަދަލު ހިފުމުގެ ގޮތުންއީރާނުން އިޒްރޭލަށް ދީފާނެ ހަމަލާއަކުން އެގައުމަށް ރައްކާތެރިކަން ދިނުމަށް އެމެރިކާގެ ރައީސް ބައިޑެން އަމުރު ކުރެއްވުމާއި ، ގުޅިގެން އެމެރިކާގެ އިތުރު މަނަވަރުތައް ފައިޓަރ ޖެޓްތަކާއެކު މެދުއިރުމައްޗަށް މިސްރާބު ޖަހާފައިވާކަމަށް ބީ.ބީ.ސީ ބުނެއެވެ.
އެމެރިކާއިން މި އުޅަނދުތައް ފޮނުވަން ނިންމީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އެދިލެއްވުމަކަށެވެ. އެމެރިކާއިން ވަނީ އިޒްރޭލް ހިމާޔަތް ކުރުމަށް ތާއަބަދު އެމެރިކާ ދެމިއޮންނާނެ ކަމަށް ބަލައިގެން ފަރުވާ ކުޑަ ނުކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް އަންގަވާފައެވެ.
އެމެރިކާއިން ބުނީ އިޒްރޭލަށް އިތުރު ހަތިޔާރާއި ދިފާއީ ސާމާނުވެސް ފޯރުކޮށްދޭނެ ކަމަށެވެ.


