ޙަމާސްގެ ވެރިޔާ إسماعيل هنية އީރާނުގެ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އީރާނުގެ ދަޢްވަތަކަށް އީރާނަށް ވަޑައިގެން ހުންނަވަނިކޮށް އަވަހާރަ ކޮށްލި މައްސަލާގައި ބަދަލު ހިފާނެ ކަމަށާއި ހަމަލާ ދޭނީ ދަނޑިވަޅު ބަލާފައިކަމަށް އީރާނުން ބުނެފިއެވެ.
އީރާނުގެ ޕާސްދާރު އިންޤިލާބުން ބުނީ އިސްމާޢީލު ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ ، މިސައިލު ހަމަލާއަކުން ކަމަށެވެ. އެކަންކުރުމަށް އިޒްރޭލަށް އެހީތެރިވެދިނީ އެމެރިކާ އިން ކަމަށާއި، ހަމަލާ ދިނުމަށް 7ކިލޯ ވޯހެޑް ބޭނުންކުރި ކަމަށެވެ.
ޕާސްދާރު އިންޤިލާބުން ބުނެފައިވަނީ ބޮމެއް ގޮއްވާލައިގެން އަވަހާރަކޮށްލި ކަމަށް އެމެރިކާގެ ޔަހޫދީންގެ ނުފޫޛު އޮންނަ މީޑިޔާތަކުން ޚަބަރު ފަތުރާފައިވަނީ ، ޙަޤީޤަތް ފޮރުވުމުގެ ގޮތުން ކަމަށެވެ.
އީރާނުގެ ޕާސްދާރީ އިންޤިލާބީ ލަޝްކަރުން ބުނެފައިވަނީ، އެކަމަށް އެކަށީގެންވާ އެންމެ ރަނގަޅު ދަނޑިވަޅު ބަލައި ރައްދު ދޭނަމެވެ.
މިކަމާއި ގުޅިގެން އިޒްރޭލް ކަންބޮޑުވާނެއެވެ. އެހެންކަމުން މިހާރު ވަނީ އެމެރިކާގެ އެހީއަށް އެދިފައެވެ.



