ހަމާސްގެ ސިޔާސީ ބިއުރޯގެ ވެރިޔާ އިސްމާޢީލު ހަނިއްޔާ އާއި އެމަނިކުފާނުގެ ހަށިފާރަވެރިޔާ ޝަހީދުކޮލި މައްސަލައިގެ ތަޙްޤީޤުގެ ވަގުތީ ނަތީޖާ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން އިއުލާންކޮށްފިއެވެ.

އެތަޙްޤީޤަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ، ހަމަލާ ދީފައިވަނީ ގެސްޓް ރެސިޑެންސް އޭރިއާގެ ބޭރުން 7 ކިލޯގެ ވޯހެޑް އެއް އިން ޕްރޮޖެކްޓައިލަކުންނެވެ. އަވަހާރަލާފައި ވަނީ އެމަނިކުފާނުގެ ކޮޓަރިކޮޅުގައި ބޮމެއް ހަރުކޮށްގެން ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ބުންޏެވެ. ޕްލާންޓު ކޮށްފައިވާ އެއްޗެކޭ ކިޔައި ހަބަރުފެތުރީ ހުޅަނގުން ތަހުގީގަށް ހުރަސް އެޅުމަށް ކަމަށްވެސް ތެހެރާނުން ބުންޏެވެ.
ހަމަލާ ރާވާފައި ވަނީ ޒަޔަނިސްޓް އިޒްރޭލުގެ އިސްތިޢުމާރީއިން ކަމަށާއި މި ޓެރަރިސްޓް ޒަޔަނިސްޓުން ހަމަލާ ގެ ޒިންމާ އިޒްރޭލު އުފުލަޖެހޭނެކަމަށެވެ.
ކޮމާންޑަރ އިސްމާއިލް ހަނިއްޔާގެ ލޭ ބޭކާރު ވެގެން ނުދާނެކަމަށާއި ޓެރަރިސްޓް ޒަޔަނިސްޓް ދައުލަތުން ހިންގި ޖަރީމާއަށް ހަރުކަށި އަދަބު ލިބޭނެކަމަށެވެ.
އީރާނުގެ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސް ގައި ބުނެފައިވަނީ ، ތެހެރާނުގައި އިސްމާއިލް ހަނިއްޔާ ޝަހީދުކޮލި މައްސަލައިގައި 20 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާކަމަށާއި ، އޭގެ ތެރޭގައި ޖާސޫސީ އޮފިސަރުންނާއި އަސްކަރީ އޮފިޝަލުންނާއި ގެސްޓް ހައުސް އޮތޯރިޓީގެ މުވައްޒަފުން ހިމެނޭކަމުގައެވެ.



