

ޅެމުގައި ކޮންމެވެސް ރައީސަކާއި ދިމާލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
7 ބައިތުގެ މައްޗަށް އެކުލެވޭ އެ ޅެމުގައި ބުނެފައިވާ ވާހަކަތަކުން ބެލެވެނީ އެއީ ކުރީގެ މިތުރު ރައީސް ޢަބްދުﷲ ޔާމީނަށް އިޝާރާތް ކޮށް ހައްދަވާފައިވާ ޅެމެކެވެ.
އެ ޅެން ފަށާފައިވަނީ ވެރިކަން ވެއްޓުމުން ތިގޮތަށް މޮޔަގޮވައި އުޅުނީމާ ވެއްޓެނީ ރައީސް ޔާމީނުގެ އަގު ކަމަށާއި ފަހަރެއްގަިއވެސް މިރާއްޖެއަކީ ތިމާގެ މިލްކެއް ކަމަށް ހަދައިގެން ނޫޅުއްވުމަށެވެ. އެއާއި ޖެހިގެން ދެވަނަ ބައިތުގައި ރައީސް ޔާމީނު އިތުރުފުޅު ހައްދަވާ ކަމަށާއި އެގޮތަށް ހަމަބުއްދިން ނެއްޓި ބުއްދި ގޯސްވެފައިވާ މީހުން އުޅޭހެން އުޅުނީމާ ޔާމީނުގެ އިއްޒަތާއި އަބުރު ގެއްލިގެންދާނެ ވާހަކަ ރައީސް ޔާމީނަށް ނަސޭޙަތެއްގެ ގޮތުގައި ލިޔުއްވާފައި ވެއެވެ. އަދި ޅެމުގެ ތިންވަނަ ބައިތުގައި ޔާމީނަށް ގޮންޖައްސަވައި މަޗްހޫރު ޅެންވެރިޔާ ވިދާޅުވަނީ މިހާރު ރައީސް ޔާމީނުގެ އަމަލުތައް އެ ބަހައްޓަވާ ގޮތަކުން އޭނާ ބޭނުންވެގެން އުޅުއްވާ ކަންތައްތައް ހާސިލެއް ނުވާނެ ކަމަށެވެ.
ކޮންމެޔަކަސް، ޢަބްދުއްރަހީމްގެ ޅެމުގައި ރައީސް ޔާމީނުގެ ނަންފުޅު ސީދާ ގެނެސްދެއްވާފައި ނިވިކަމުގައިވިޔަސް، ޅެންވެރިޔާގެ ބަނޑުގައި އޮތް މާނައާއި ގުޅިފައިވަނީ މިހާރު މިސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ޢަބްދުލް ޤައްޔޫމްއާއެވެ.
ޢަބްދުއްރަހީމްގެ ޅެން ނިންމަވާލެއްވީ ހަޖަމުކުރުމަށް އުނދަގޫ ބަސްތަކަކުންނެވެ. ދަންނަ ކޮންމެ މީހަކަށްވެސް ޅެމުގައި ފޯކަސްކޮށްފައިވާ މީހަކީ ވަގެއް ކަމަށް ފާޅުގައި ގޮވާ ވާހަކައެވެ.



