މިސަރުކާރުގެ ކެބިނެޓަށް ޒެއިން ޢަބްދުﷲ ޔާމީން ލުމަށްޓަކައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނު ޢަބްދުލް ޤައްޔޫމް މަސައްކަތް ކޮށްފައިވާކަން އެނގިއްޖެއެވެ.
މިކަން އެނގުނީ ކުރިިން ރައީސް ޔާމީނަށް ސަނާ ކިޔުމުގައި އުޅުއްވި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ކުރެއްވި އެކްސްއަކުންނެވެ.
އޭނާގެ އެކްސްގައި ރައީސް ޔާމީނު މިސަރުކާރާއި ފެޔަށް ޖެހުނީ ދަރިކަލުން ޒޭން އަށް ޓުއަރިޒަމް މިނިސްޓަރުކަން ނުދެއްވައިގެން ކަމުގައި ލިޔުއްވާފައި ވެއެވެ.
"ކީކޭ؟ހަދާ ގޯސްތަކުންނޭ؟ބަލަގަ މަނިކުފާނު ޕާޓީ ދޫކޮށް ވަޑައިގެންނެވީ 23 ނޮވެމްބަރ 2023 ވީ ބުރާސްފަތި ދުވަހު. އެއީ ރައީސް @MMuizzu ގެ ވެރިކަމަށް 6 ވަނަ ދުވަސް. އެ 6 ދުވަސް ތެރޭ ސަރުކާރުން ހެދީކޮން ގޯހެއް؟ ތިހެން ވިދާޅު ނުވޭ! ޒެއިންއަށް ޓްއަރިޒަމް މިނިސްޓަރ ކަން ނުދީގެންނޫންތަ؟"
ދަރިކަލުން ޒޭން އަށް ޓުއަރިޒަމް މިނިސްޓަރުކަން ދިނުމިގެ ބަދަލުގައި ކެބިނެޓުގެ އެ މަޤާމަށް އައްޔަންކޮށް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިފައިވަނީ އިބްރާހީމް ފައިސަލް އަށެވެ.



