ފަލަސްޠީނާއިމެދު ރާއްޖެއިން ގެންގުޅޭ ސިޔާސަތަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވަރަށް ބޮޑަށް ފާޑު ވިިދާޅުވެއްޖެއެވެ.

ޔާމީނު ވިދާޅުވީފަލަސްޠީނު ރައްޔިތުން ޔަހޫދީންގެ ކިބައިން ސަލާމަތް ކުރުމަށްޓަކައި ތިބި ބަޔަކީ ހަމާސް ކަމަށާއި އެމީހުންނަށް ތައުޒިޔާ ކިޔުމުގެ ބަދަލުގައި ބޭނުންވަނީ އެހީތެރިކަމެވެ. ނަމަވެސް ރާއްޖެއިން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ޝަހީދުވުމާއި ގުޅިގެން އެކަން ކުށްވެރި ކޮށްފައި ނުވާތީ އެއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު މިނިވަން ނުވާކަން އެނގޭ ކަމެއް ކަމަށް ޔާމީނު ވިދާޅުވިއެވެ.

ޔާމީނު ވިދާޅުވީ މިނިވަން ދުވަހުގެ ޚިޠާބުގައި ރާއްޖެއަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭއަކީ މިނިވަން ގައުމެކޭ ވިދާޅުވި ކަމުގައިވިޔަސް، ގައުމުގެ ހާރިޖީ ސިޔާސަތު މިނިވަންވެފައިވާ ތަނެއް ނުފެންނަ ކަމަށެވެ.