މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކުގެ ސީއީއޯގެ މަޤާމަށް ދެ ބޭފުޅެއްގެ ނަން ލިބިފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރާއްޖޭގައި ޤާއިމްކުރާ ޑިވެލޮޕްމަންޓް ބޭންކުގެ ލައިސަންސް ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ އަށް މިހާރު ވަނީ ހުށަހަޅާފައެވެ.
ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމުގެ މަގްސަދުގައި މީގެ ދެމަސް ކުރިން ރައީސުލް ޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ 100 ޕަސަންޓް ހިއްސާވާ ކުންފުނި އުފައްދަވާފައެވެ.
މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ބޭންކްގެ ބޯޑަށް ރާއްޖެއިން ބޭރުގެ ފަންނީ ބޮޑެތި ބޭންކްތައް ހިންގާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން 2 ބޭފުޅުން މިހާރު ނަގާފައިވާކަމަށާއި ބޭންކް ހިންގާނެ އިމާރާތް ތައްޔާރުކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.



