ގައުމު ދެމި އޮންނަނީ އެންމެން އެއް މިސްރާބަކަށް މަސައްކަތް ކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިވަން ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި އޮންނާނީ އެންމެން އެއް މިސްރާބެއްގައި ކުރިއަށް ދާ ހިނދުގައި ކަމަށެވެ. އެ ގޮތުން މި ކަމުގައި އެ އަޒުމް ކަނޑައެޅުމަށް ރައީސް ހުރިހާ ފަރުދުންނަށްވެސް އިލްތިމާސްކުރެއްވި އެވެ.
މީގެ އިތުރުން ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރަމުން ދާނެކަމާއި، އެ މަނިކުފާނު ވެވަޑައިގެން ވައުދުފުޅުތަށް ފުއްދުމުގައި އިހްލާސްތެރިކަމާއިއެކު ބުރަ މަސައްކަތް ކުރުމުގައި ހުރިހާ ވަޒީރުންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނާއި ގުޅިގެން ހީވާގި ކަމާއިއެކު މަސައްކަތްކުރާނެ ކަމަށް ރައީސް ވައުދުވެވަޑައިގަތެވެ.
"ތަރައްގީ އެހެންނަމަވެސް ފެނިގެންދާނީ އަމިއްލަ ނަފްސު އިސްލާހު ކުރަން އެންމެން އެއް ވިސްނުމެއްގައި ކުރިއަށް ދާން ނިންމައިގެން، ނަފްސު ތަރައްގީކޮށް ސިކުނޑި ތަރައްގީކުރަން ނިންމައިގެން."ރައީސް ވިދާޅުވި އެވެ.
ހަމަ އެ ބީދައިން ރައީސް ފާހަގަކުރެއވީ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަަކަށް ވުރެ ގިނަ މަސައްކަތް ކުރެއވިގެންދާނެކަމަށެވެ. އަދި މިހާރު ވެވަޑައިގެންފައިވާ ވައުދުފުޅުތަށް އަހަރަކަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަމަލީ ގޮތުން ފެނިގެން ދާނެކަމަށްވެސް ރައީސް ވިދާޅުވި އެވެ. ދެެ
ރާއްޖޭގެ މިނިވަން 60 އާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުޅުވުނު އާ ޓާމިނަލް އަކީވެސް މިހާތަނަށް ރާއްޖޭގައި އެންމެ ފާހަގަ ކޮށްލެވޭނެ އެއް ތަރައްގީގެ ލަނޑުދަނޑި އެވެ.