ސަންޑަރލޭންޑުގައި ވަޅީގެ ހަމަލާއެއްދީ ކުޑަކުޑަ ތިން އަންހެންކުދިން މަރާލި މައްސަލަ މުސްލިމުންނާއި ގުޅުވައި، މުސްލިމުންގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމުގެ ސަބަބުން އިނގިރޭސީވިލާތުގެ މިސްކިތްތަކަށް ހަމަލާ ދެމުން އެބަދެއެވެ.
ބުރާސްފަތި ދުވަހުން ފެށިގެން މުސްލިމުންނަށް ނުރައްކާވެފައި ވަނީ ހަމަލާދިން އިނގިރޭސީވިލާތުގެ ރައްޔިތަކީ ހައްދުފަހަނައެޅި މުސްލިމް ހިޖުރަވެރިއެއް ކަމަށް ބުނެއެވެ. ނަމަވެސް އޭނާއަކީ މުސްލިމު ހިޖުރަވެރިއެއް ނޫނެވެ. އެއީ ސީދާ އިނގިރޭސީ ވިލާތަށް އުފަން އެގައުމުގެ ރައްޔިތެކެވެ.
"އެކްސެލް ރުޑަކުބާނާ އަކީ ރެޑިކަލް އިސްލާމިސްޓް ހިޖުރަވެރިއެއް ކަމަށް ބުނާ ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ހިނގާ ހަމަނުޖެުންތަކެއް މިއީ. އަޅުގަނޑުމެން އެދެނ ސޯޝަލް މީޑީއާގައި މުސްލިމުންނަށް ޓާގެޓްކޮށް ދޮގު މަޢުލޫމާތު ނުފަތުރަން." އިނިގރޭސީ ވިލާތުގެ މުސްލިމު އިމާމަކު ކުރި ޕޯސްޓެއްގަިއ ވެއެވެ.

ހަމަލާދިން ރުޑަކުބާނާ އުފަންވީ އިނގިރޭސިވިލާތަށް ނަމަވެސް، އެ ގޯސް މައުލޫމާތުތަކުގެ ސަބަބުން އިމިގްރޭޝަނާއި މުސްލިމުންނާ ދެކޮޅު ޝުއޫރުތަކެއް އުފެދި، މިސްކިތްތަކަށް އަމާޒުކޮށްގެން ވަރުގަދަ މުޒާހަރާތަކެއް ކުރިޔަށްދާއިރު، މިކަމުގެ ސަބަބުން މުސްލިމުންނަށް ޢަދާވާތްތެރި މާޙައުލެއް އުފެދި، ސަލާމަތީ ފިޔަވަޅުތައް އިތުރުވެ، އެމީހުންގެ ސަލާމަތާމެދު ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
އިނގިރޭސިވިލާތަށް އުފަން އުމުރުން 17 އަހަރުގެ ކުއްޖެއް ކަމަށްވާ އެކްސެލް ރުޑަކުބާނާ ވަނީ ސައުތުޕޯޓްގައި ޓޭލާ ސްވިފްޓްގެ ތީމްގެ ޑާންސް ވޯކްޝޮޕެއްގައި ވަޅިން ހަމަލާދީ 3 ކުދިން މަރާލާފައެވެ.

އެއާއެކު ސޯޝަލް މީޑީއާގައި އޭނާއަކީ އިނގިރޭސީވިލާތަށް އައިސްގެން އުޅޭ މުސްލިމު ހަރުކަށި ފިކުރުގެ މީހެއް ކަމަށާ، މުސްލިމުންގެ ސަބަބުން އިނިގިރޭސީވިލާތުގެ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށް ބުނެ މީސްމީޑީއާގައި އިނގިރޭސީ ޔަހޫދީންނާއި ކުރިސްޓިއަނުން ދިޔައީ ޝުއޫރު ފާޅުކުރަމުންނެވެ. މިކަމަކީ ސީދާ މުސްލިމުންނަށް ޓާގެޓްކޮށް، ރޭވިގެން ކޮށްފައިވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އިމިގްރޭޝަނާ ދެކޮޅަށް ކުރާ މުޒާހަރާތަކާއި ހަޅުތާލުތައް އިތުރުވަމުންދާތީ، މުޅި އިނގިރޭސިވިލާތުގެ މިސްކިތްތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ސައުތުޕޯޓުގައި ތިން ކުއްޖަކު މަރާލުމާ ގުޅިގެން ސަންޑަލޭންޑް އާއި ހާޓްލީޕޫލް ފަދަ ސިޓީތަކުގައި މުޒާހަރާތަކާއި ހަމަނުޖެހުމުގެ ހާދިސާތައް ހިނގަމުންދާއިރު ސަންޑަރލޭންޑުގެ 3 ފުލުހުން ވަނީ އަނިޔާވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ.
މިސްކިތަކަށް ހަމަލާދީ އުޅަނދުތައް ފުރޮޅާލައި އަލިފާން ރޯކުރަމުންދާތީ އަށް މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.



