ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)، ބީޗް ވޮލީބޯލް ޗެލެންޖު ކަޕުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ދިފާއުކޮށްފި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ ޕެއާ ހޯދާފައިވަނީ ފައިނަލުގައި ނޭޕާލް ބަލިކޮށްގެނެނެވެ.
ފައިނަލް އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ މޮޅުވެފައިވަނީ 21-19، 21-17 އިންނެވެ. ވާދަވެރިކޮށް ފެނުނު މި މެޗުގައި ނޭޕާލުގެ މަން އާއި ދިލްގެ ޕެެއާއަށް ރާއްޖޭގެ މައްޗަށް އަތްގަދަކުރެވޭ ގޮތެއް ނުވިއެވެ. އެއަށްވުރެ ދިވެހި ޕެއާ ފެނުނީ ހުށިޔާރުކޮށެވެ.
ކުޑަކާއްޓެއާއި އެޑަމްގެ ޕެއާއިން ބައްދަލުކުރީ ނޭޕާލްގެ އެއްވަނަ ޕެއާ މަން ބަހާދުރު އާއި ދިލް ބަހާދުރުގެ ޕެއާ އާއެވެ.



