ގުދުސްގެ ކުރީގެ ބޮޑު މުފްތީ އަދި މިހާރުގެ ސުޕްރީމް އިސްލާމީ ކައުންސިލްގެ ވެރިޔާ ޝެއިޚް އެކްރިމާ ސަބްރީ، 85، ދޫކޮށްލައިފި އެވެ.
މުފްތީ ހައްޔަރުކުރީ ހިފާފައިވާ އިރުމަތީ ގުދުސް މިސްކިތުގައި ދެއްވި ދަރުސްގައި ހަނިއްޔާ އަކީ "ޝަހީދެއް" ކަމަށާ، މިފަހުން ފަލަސްތީނުގެ މީހަކު ޔަހޫދީން ތަކަށް ދިން ހަމަލާއަށް ތާއީދު ތާއީދުކޮށް އިއްޔެ ހުކުރުނަމާދުގައި ޚުޠުބާ ވިދާޅުވެގެން ކަމަށް އިސްރާއީލް މީޑިއާ ތަކުން ބުނެއެވެ.
ސަބްރީގެ މައްޗަށް ކުރަން އުޅުނީ ޓެރެރިޒަމްގެ ދައުވާއެވެ. އިސްރާއީލު ސަރުކާރުން ސަބްރީގެ ނަން ހާމަ ނުކޮށް އިއްޔެ ނެރުއްވި ބަޔާނެއްގައި ވަނީ އަގްސާ މިސްކިތުގައި ޓެރަރިޒަމަށް ބާރުއެޅި މީހަކު ހައްޔަރު ކޮށްފައިވާކަމަށާއި، އޭނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ބުނެފައެވެ.
ނަމަވެސް އޭގެ ގަޑިތަކެއް ފަހުން ޞަބްރީ ދޫކޮށްލެއްވީ ޓެރަރިޒަމްގެ ޢަމަލަކަށް ހިތްވަރު ނުދޭ ކަމަށް ވަކީލު ވިދާޅުވުމުންނާއި އިސްރާއީލްގެ ތުހުމަތުތަކަށް އިންކާރުކޮށްފައިވަނިކޮށެވެ. އަދި ޞަބްރީ ތަޙުޤީޤަށް އެއްބާރުލުން ދޭނެ ކަމަށް ބުނުއްވުމުންނެވެ.



