މި އަހަރުގެ ފިތުރު އީދު ދުވަހުގެ ހަވީރު ހަމައެކަނި ހިނގާފައި އުޅޭ ގޮތަށް މާލޭ ސިޓީ ކައުންސިލުން މިއަދު ހަމަޖައްސައިފި އެވެ.
އީދު ދުވަހު މާލޭގައި ކުރިއަށްގެންދާ ބައެއް ހަރަކާތްތަކުގެ ތަފްސީލު މާލޭ ސިޓީ ކައުންސިލުން ވަނީ މިއަދު އާންމުކޮށްފަ އެވެ.
ކައުންސިލުން ބުނީ މާލޭގައި ހިނގާފައި އުޅޭ ވަގުުތަކުގެ ގޮތުގައި ހަމަޖެއްސީ އީދު ދުވަހުގެ ހަވީރު 4އިން 6އަށެވެ. މީގެ ކުރިން ބައެއް އަހަރުތަކުގައި ވެސް އަމަލުކޮށްފައިވަނީ ހަމަ މި ގޮތަށެވެ.
ސިޓީ ކައުންސިިލުން ރާވާފައިވަނީ އީދު ނަމާދު ނިމުމާ އެކު މާލޭގައި އީދު ފާހަގަކުރުމުގެ ހަރަކާތްތައް ފެށުމަށެވެ. އެގޮތުން:
ހެނދުނު 7:30 - އީދު ސައި އަދި ޑަބްލިއުޑީސީއިން ކުޑަކުދިންނަށް އީދު ހަދިޔާ ބެހުން (އެކުވެނި ޓްރެކްގައި)
ހެނދުނު 9:30 - ފެންކުޅި (ރަސްފަންނުގައި)
ހަވީރު 4 - ބޮޑުމަސް މާލި ޕެރޭޑު (އޮލިމްޕަހުން އާޓިފިޝަލް ބީޗަށް)
ހަވީރު 4 - 6އަށް - ސަގާފީ ހިންގުމާއި ކުޅިވަރު (މާފަންނުގައި)
ރޭގަނޑު 8:30 - ސްޓޭޖް ޝޯ (އާޓިފިޝަލް ބީޗުގައި)
ރޭގަނޑު 10:30 - ހަވާއެރުވުން (އާޓިފިޝަލް ބީޗުގައި)
ގުޅުންހުރި ކަމެއް - ކަލަންޑަރުގައި ބުނާ ގޮތުގައި މި އަހަރުގެ ފިތުރު އީދަށް ވާނީ އަންނަ ބުދަ ދުވަހެވެ. ރޯދަ މަސް ނިމެން ދެތިން ދުވަހަށް ވެފައިވާއިރު، މާލެ ސަރަހައްދު އީދަށް ޒީނަތްތެރި ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.



