← މަލްޓިމީޑިއާ
ރައީސުލްޖުމްހޫރިއްޔާ ނޫސްވެރިންނާ ބައްދަލުކުރެއްވުން - 01/06/26
މިއީ 2026 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންފައިވާ ފަދައިން، މީޑިއާތަކާ ބައްދަލުކުރެއްވުމަށް ބޭއްވެވި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމެއް. ރަސްމީ ދަތުރުފުޅެއް ނުވަތަ ބަންދު ދުވަހަކާ ދިމާނުވާނަމަ، ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތަކަކީ، ސަރުކާރުގެ ހާމަކަން ބޮޑުކުރުމަށާއި މީޑިއާތަކަށް މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ފެއްޓެވި މުހިންމު މަސައްކަތްޕުޅެއް.
1 ޖޫން 2026|13 ފޮޓޯ